ޤައުމީ ފެންވަރުގައި މިފަހަރު އަޟްޙާ ޢީދު 3 ރަށެއްގަ ފާހަގަކުރާނީ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދިވެހި މިނިސްޓްރީން ވަނީ ތިން ރަށެއް ކަނޑައަޅަައިފި އެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެގޮތުން ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު މި ތިން ރަށް ވަނީ ހޮވިފަ އެވެ.

އެގޮތުން ކަނޑައެޅި ރަށްތަކަކީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަމެވެ.

ޢީދު ފާހަގަކުރާނެ ރަށްތައް ހޮވުމުގައި ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވާފައިވާ ގޮތަށް ބަލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމަށާއި، އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާޞިލުކުރުމަށް ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތައް ހިމެނުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ބަލާފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، ރަށްތައް ހޮވުމުގައި ބަލާ ގަވާއިދުގައި ދިވެހި ސަގާފަތް ދައްކުވައިދޭ ޙަރަކާތްތައް ހިމެނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަގާފަތް ދެމެހެއްޓުމާއި، ކުރިއަށް އޮތް ޖީލުތަކަށް އެ ތަރިކަ ފޯރުކޮށްދިނުމެވެ.

އަޟްހާ އީދު ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ