މަތިވެރީގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

Advertisement

އެންމެ ފަސް

Advertisement

އއ. މަތިވެރީގައި އެއާޕޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (އެމް.ސީ.އެޗް.އައި) އިން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީން ގެޒެޓްކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަޝްރޫއަކީ 1 އޭޕްރިލް 2025 ގެ ރިޔާސީ ޤަރާރުގެ ދަށުން ފާސްކޮށްފައިވާ މުހިންމު ޤައުމީ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލްއެއްގެ ދަށުން، ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީ.ޕީ.ޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ އުސޫލުންނެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. މަޝްރޫއުގެ ތަފްސީލީ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަތިވެރިއަށް ކުރެއްވި ދަތުރުފުޅެއްގައި ވެވަޑައިގެންނެވި ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ”އިގްތިސާދީ ގޮތުން ބަލާއިރު މި ރަށަށް ވެސް، މި ދާއިރާއަށް ވެސް، މި ސަރަހައްދަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި، އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ، ’އިކޮނޮމިކަލީ ވަޔަބަލް‘ ކަމެއް މި ތަނުގައި، މި ރަށުގައި އެއާޕޯޓެއް އެޅުމަކީ،“ ރައީސް އޭރު ވިދާޅުވި އެވެ.

އއ. މަތިވެރި ފަޅުގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން 5 ސެޕްޓެމްބަރު 2023 ގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

އއ. މަތިވެރި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ