ބުޅާ ފެސިލިޓީއަށް އަހަރަކު 10 މިލިއަން ރުފިޔާ ހަރަދުވާނެ: މިނިސްޓަރ މާރިޔާ

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ގާއިމު ކުރި ’އޮޅު ހިޔާ‘ ބުޅާ ފެސިލިޓީއަށް މަދުވެގެން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި ފެސިލިޓީއަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގައި ގެންގުޅޭ 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ.

އޮޅު ހިޔާއަށް ހިނގާނެ ހަރަދުގެ ތަފްސީލްތައް

މިވަގުތު އޮޅު ހިޔާގައި 30 ބުޅާ ބަލަހައްޓަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޮޅު ހިޔާ އިމާރާތްކޮށްފައިވަނީ ހުޅުމާލޭ ފޭސް 2 ގަ އެވެ. އެ ފެސިޓީ ގާއިމު ކުރި ބިމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެކެވެ.

ރައްޔިތުންގެ މަޖިލިސް އޮޅުހިޔާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ