ބަންޑާރަނައިބުގެ އޮފީހުގެ މައްސަލަތަކަށް ބިލުން ހައްލު ލިބޭނެ: ފަލާހު

Advertisement

އެންމެ ފަސް

Advertisement

ބަންޑާރަނައިބުގެ އޮފީހުގެ ބިލުން އެ އޮފީހުގެ އެކި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހުގެ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މި ބިލަކީ ކޮންމެހެން ވުޖޫދަށް އަންނަންޖެހޭ ބިލެއް ކަމަށެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ކަމާބެހޭ ފަރާތްތައް މަޝްވަރާ ހޯއްދަވާ ބިލަށް ބައެއް ބަދަލުތައް ގެންނެވިކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ 20 ވަނަ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަކީ ވަގުތުނަގައިގެން، ކަމާގުޅުންހުރި ފަރާތްތައް ހާޒިރުކޮށްގެން ކަމާބެހޭ މައުލޫމާތު ހޯދައިގެން ބިލުތައް ދިރާސާކުރާ މަޖިލީހެއް ކަމަށެވެ.

”ވަގުތު ނަގަންޖެހޭ ބިލަކަށްވިއްޔާ ވަގުތު ނަގައިގެން، ވަގުތު ބޭނުންނުވާ ބިލެއްވިއްޔާ އެބިލެއް އަވަސް ކުރުމަށްޓަކައި ވަގުތު ކުރުކޮށް ގަވައިދުގެ ތެރެއިން މަސައްކަތް ގެންދާކަން ފާހަގަކުރެވޭ.“ ފަލާހު ވިދާޅުވި އެވެ.

ބަންޑާރަނައިބުގެ އޮފީހުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުންކަން ފާހަގަކޮށް ފަލާހު ވިދާޅުވީ އެކަމުގެ ސަބަބުން ސިވިލް ސާވިސްގެ ތެރެއިން މުވައްޒަފުން ނެގުމުގައި ވަރަށް ގިނަ ދަތިތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ. މި ބިލުގެ މައިގަނޑު އެއް މަގުސަދަކީ މިކަމަށް ހައްލެއް ހޯދުންކަމަށް ފަލާހު ވިދާޅުވި އެވެ.

އޭގެއިތުރުން މުވައްޒަފުންނަށް ލިބޭނޭ އިނާޔަތްތަކާއި، ރިޓަޔާކުރާނޭ މުއްދަތުތައްފަދަ ހުރިހާ ކަމަކަށް ބިލުގައި އަލިއަޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މި ބިލުގެ ސަަބަބުން ބަންޑާރަނައިބުގެ އޮފީސް ވަރަށް ބޮޑަށް ޒަމާނީ ވެގެންދާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އެޓާނީ ޖެނެރަލްސް އޮފީސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ