ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލައިގައި އެޗްއާރްސީއެމްގެ ކަންބޮޑުވުންތަކެއް

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް އަމަލު ކުރަމުންދާ ގޮތާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސިއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއާރްސީއެމްއިން މިކަމާ މެދު ކަންބޮޑުވުން ފާޅު ކުރީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެޗްއާރްސީއެމުން ބުނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމި ނިންމުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

މި ބަޔާން އެޗްއާރްސީއެމުން ނެރުނީ ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.

އެޗްއާރްސީއެމް އިން ވަނީ ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ ކޮމިޓީން އަމަލުކުރި ގޮތާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފަނޑިޔާރުގޭގެ މިނިވަންކަމަށް ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ފާޅުކަން ބޮޑުކޮށް ގޮވާލާފައިވާކަން އެ ކޮމިޥަނުން ފާހަގަ ކުރި އެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިޙްތިރާމްކޮށް، އެކަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ ވެސް ޒިންމާއެއް ކަމަށާއި، ޝަރުއީ ދާއިރާގެ ނިންމުންތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބާރުފޯރުވުމެއް އޮވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވޭ.

އެޗްއާރްސީއެމުން ވަނީ ރާއްޖޭގެ ދުސްތޫރީ އަދި ދިމިގްރާތީ އުސޫލުތަކާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ދިވެހި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހުތިރާމްކުރުމަށް ގޮވާލާފަ އެވެ. އަދި ބައިނަލްއަގުވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް އެންމެހައި ދައުލަތުގެ މުއައްސަސާތަކަށްވެސް އެޗްއާރްސީއެމުން ވަނީ ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އެޗްއާރްސީއެމް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ