ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގައި ބަހުސް ކުރަން ދެ ގަޑިއިރު

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ދެ ގަޑި އިރު ދޭން އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ ފަނޑިޔާރެއްގެ މައްސަލައިގައިވެސް އެއް ގަޑިއިރު ބަހުސް ކުރުމަށް ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. ޖޭއެސްސީން މި މައްސަލަ މަޖިލީހަށް ހުށަހެޅީ އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައަކަށް ފަހު އެވެ.

ޖޭއެސްސީން ބަލާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭ ސުލޫކީ މައްސަލަތަކެކެވެ. މި މައްސަލަތަށް ބެލުމަށް ފަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. މަަޖިލީހުން އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ ޖޭއެސްސީގެ ނިންމުން ރަނގަޅުކަމަށް ނިންމާ މި މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމާފައިވަނީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގަ އެވެ. ފަނޑިޔާރު މަހާޒު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ހަމަ މި މައްސަލައިގަ އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާ ގޮތުން މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އިއްވާނެ އެވެ. އެއަށް ފަހު މި މައްސަލައިގައި ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ޖުޑިޝަރީ ކޮމިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ