އައްޑޫގައި އެންމެ އިސްކަން ދޭނީ ބްރިޖުގެ މަސައްކަތަށް، ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ: މިނިސްޓަރު މުއްތަލިބު

Advertisement

އެންމެ ފަސް

Advertisement

އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖަކީ ސަރުކާރުން އައްޑޫގައި އެންމެ އިސްކަމެއް ދީގެން ހިންގާނެ މަޝްރޫކަމަށާއި އެ މަޝްރޫގެ ސާވޭ ޑިޒައިން ހެދުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވިގެންދާނެކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އަޒާން ވަނީ އައްޑޫ ބްރިޖަށް ބެނުންވާ ފައިސާ ހަމަނުޖެހޭކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ކަމަށާއި މިހާރު އެ ފައިސާ ހަމަޖެހިފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި މީގެ އިތުރުން ބްރިޖުގެ މަސައްކަތް ނިމި ބްރިޖު ބޭނުން ކުރަން ފެށޭނެ ތާރީހަކާ ގުޅޭގޮތުންވެސް އަޒާން ވަނީ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު މުއްތަލިބް ވަނީ މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހޭތޯ ބެލުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްގެން މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއަކަށް ވުމުން ސަރުކާރުން ނިންމީ އެސްޓިމޭޓު ހެދުމަށްވުރެ ސާވޭ ޑިޒައިން ކޮށްގެން މަޝްރޫއަށް އަސްލު ބޭނުންވާ ސްކޯޕާއި އަގު ކަނޑައެޅުމަށް ކަމަށެވެ.

ގާތްގަނޑަކަށް 14 ކިލޯމީޓަރުގެ ދިގު ބުރިޖެއް ކޯޒްވެތަކަކާ އެއްކޮށް މި އަންނަނީ. އެހެންވީމާ، ސަރުކާރުން ކަނޑައެޅީ ބަޔަކު އަދި އެސްޓިމޭޓުތަކެއް ހެދުމަށްވުރެ އަޅުގަނޑުމެން ސާވޭ ޑިޒައިން ކޮށްގެން މަޝްރޫއުގެ އަސްލު ބޭނުންވާ ސްކޯޕާއި އަގު ކަނޑައެޅުމަށްޓަކައި.

ސަރުކާރުން ސާވޭ ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރުމުން ވަރަށް ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިވެލުއޭޝަން މަސައްކަތް ނިންމުމަށް ފަހު ލަސްތަކެއް ނުވެ ހަވާލު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަސް ގެންދާނީ އެ ބްރިޖާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އާއި އެކަން ކުރިއަށް ގެންދެވޭނެ އެންމެ ފަސޭހަ ގޮތަކީ ކޮބައިތޯ ބެލުމަށްފަހު ކަމަށެވެ.

އައްޑޫ ބްރިޖް މަޝްރޫގެ ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތަށް ލަފާދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހު އިއުލާން ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން އައްޑޫ ބްރިޖް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ