ހަނިމާދޫ އިން ބެންގަލޫރަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން، ހދ. ހަނިމާދޫ އިން ބެންގަލޫރަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފި އެވެ.

ހަނިމާދޫ އިން ބެންގަލޫރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 އިން ފެށިގެންނެވެ.

މި ދަތުރުތަކުގެ އަގުތައް ހާމަކޮށްފައިވާއިރު، ދިވެހިންނަށް ދެކޮޅު ޓިކެޓު ފެށޭ އަގަކީ 299 ޑޮލަރެވެ. އެއީ 4،610 ދިވެހި ރުފިޔާ އެވެ. އަދި ބިދޭސީންނަށް ކަނޑައަޅާފައިވާ އަގަކީ 337 ޑޮލަރު ނުވަތަ 5،196 ރުފިޔާ އެވެ.

ހަނިމާދޫ – ބެންގަލޫރު ދަތުރުތައް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކުރަން ނިންމާފައިވާއިރު މި ދަތުރުތަކަށް މިހާރު ޓިކެތު ބުކް ކުރެވޭނެ އެވެ. ކެޓް ގަނެވޭނީ މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގ އޮފީސްތައް މެދުވެރިކޮށެވެ.

މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ހަނިމާދޫއިން އިންޑިޔާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރިއަށް ގެންދަމުންނެވެ.

ހދ. ހަނިމާދޫ ބެންގަލޫރު މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ