އަންހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން 250 މިލިއަން ރުފިޔާގެ އިސްލާމިކް ސޯޝަލް ފައިނޭންސިންގ މަޝްރޫއެއް ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން ކުރިއަށްގެންދާ ”މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް“ ގެ ނަމުގައި ފަށާފައިވާ މި މަޝްރޫއުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ވަނީ ބައިވެރިވެފައެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބީއެމްއެލްއިން 200 މިލިއަން ރުފިޔާ، އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި މި މަޝްރޫއާ ގުޅޭ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ”ރާއްޖޭގެ އިގުތިޞާދަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ“ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުން ކަމަށްވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އެމްއެމްއޭ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
