މިއަހަރު އިތުރު ދިހަ ސީ އެނބިއުލާންސް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ތެރޭގައި އިތުރު ދިހަ ސީ އެމްބިއުލާންސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ފާހަގަކުރެއްވި ގޮތުގައި، އުތުރުގެ ސަރަހައްދުގައި ދިމާވި ދެ ހާދިސާއެއްގައި، އެމްއެންޑީއެފްގެ ގަވާއިދުތަކާއި ގުޅިގެން ބަލިމީހުން ގެންދިއުމުގައި ލަސްތަކެއް ވެފައިވެއެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ”އާސަންދައިން އެޕްރޫވްވީ އެންމެ އަވަހަކަށް ސީ އެމްބިއުލެންސްގެ ޚިދުމަތް އެއްވެސް އިތުރު ސުވާލެއް ނުކޮށް، އެމްއެންޑީއެފުން ދޭން ފަށާނެ“ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށަކަށް އަވަސްކަމާއެކު މި ޚިދުމަތް ދިނުމަށް ދަތިވަނީ މިހާރު ހުރި އުޅަނދުތައް ބާވެފައިވުމާއި، ބޭނުންވާ މިންވަރަށް އުޅަނދު ނެތުމުގެ ސަބަބުންނެވެ. ނަމަވެސް އިތުރު ސީ އެމްބިއުލާންސްތައް ހޯދުމުން ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތް ވަރަށް ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަޔަރ އެންޑް ރެސްކިއު ސާވިސް ފުޅާކުރަނީ

މީގެ އިތުރުން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ފަޔަރ އެންޑް ރެސްކިއު ސާވިސް މުޅި އަތޮޅުތެރޭގައި ފެށުމުގެ މަސައްކަތް ކުރަމުންދެއެވެ. މިއީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރިޔައް ގެންދާ އެއްކަންތައް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ވަގުތު ފާއިތުވުމުގެ ކުރިން ދާންޖެހޭ ހަލުވި ކަމުގައި ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ވާސިލުވެ ރައްޔިތުންނަށް އެ ޚިދުމަތް ދެވޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ