މަސްތުވާތަކެތީގެ ކުށްތަކަށް އުމުރަށް ޖަލަށްލުމުގެ އަދަބު: 25 އަހަރުގެ ބަދަލުގައި މަރުވަންދެން ޖަލުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތީގެ މައްސަލައިގައިދޭ އަދަބު 25 އަހަރުގެ ބަދަލުގައި އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ޤާނޫނަށް ބަދަލުގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ މަސްތުވާތަކެތީގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކާއެކު ފާސްކުރުމަށްފަހު އެވެ. މަސްތުވާތަކެތީގެ ގާނޫނަށް ގެނައި މި އިސްލާހު ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓާ އެކު އެވެ.

ޤާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ މަސްތުވާތަކެތ އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް ޤަނޫނަށް ގެނައި ބަދަލެވެ. އެގޮތުން ވަކި ބަރުދަނެއް ހަމަވާ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ސާބިތުވާކަމަށް ކަނޑައަޅާ މައްސަލަތަކުގައި އެ މީހެއްގެ މައްޗަށް މަރުގެ އަދަބުދެވޭނެކަމަށް އިސްލާހުގައިވެ އެވެ.

މަރުގެ އަދަބު ދެވޭނެ ތިން ހާލަތް:

  • 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން
  • 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން
  • ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން

އިސްލާހުގައިވާގޮތުން ފަނޑިޔާރުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހެނީ މިހާރު ވެސް އޮންނަ ގޮތަށް އުމުރަށް ޖަލަށް ލުމުގެ އަދަބެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް، އިސްލާހުގައިވާ ގޮތުން، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.

މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާއިއެކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ލިބިގެންނުވާނެ ކަމަށް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މަސްތުވާތަކެތި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ