ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ”އަހަރެމެންގެ ފަޚުރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއެކު ކުރައްވާ ބުރަ މަސައްކަތުން“ ކަމަށެވެ. މިގޮތުން މިނިސްޓަރު ވަނީ ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް މިއަދަކީ ޚާއްޞަ ދުވަހެއްކަން ފާހަގަކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހެވެ. އެދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. މިކަމާ ގުޅިގެން ވަޒީރު މާރިޔާ ވިދާޅުވީ މިއަދު ހުރިހާ މަސައްކަތްތެރިންވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްތެރިންގެ ދުވަސް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ