އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހައި ކޯޓުން މިއަދު ބާޠިލްކޮށްފި އެވެ.

މި އަމުރު ބާޠިލްކުރުމާއެކު، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓިފައިވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. މި އަމުރު ފުރަތަމަ ނެރެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.

އަކްރަމްގެ ފަރާތުން މި އަމުރު ބާޠިލްކުރުމަށް އެދި ހައި ކޯޓަށް ހުށަހެޅި ނަމަވެސް، ފުރަތަމަ ހައި ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވަނީ މި މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް، މި ނިންމުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މަޖިލީހުން ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށާއި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށެވެ.

މިއަދު ހައި ކޯޓުން ނިންމާފައިވަނީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންކަމުން، މި އަމުރު ބާޠިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ޢާރިފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ވެސް ހައި ކޯޓުން މިއަދު ވަނީ ބާޠިލްކޮށްފަ އެވެ.

ހައި ކޯޓު ހައުސިން މިނިސްޓްރީ ކްރިމިނަލް ކޯޓު އަކްރަމް ކަމާލުއްދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ