އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރި، އައު ޤާނޫނުން އިންވެސްޓްމެންތައް ރައްކާތެރިކޮށްދޭނެ: ސައީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެއްދުމަށްޓަކައި ސަރުކާރުން ފުރިހަމަ އިސްލާހުތަކެއް ގެނެސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދޭ އާ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ހިމެނޭ ކަމަށް އިކޮނަމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިޔާއައް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ބިޒްނެސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ތަރައްގީގެ ދަތުރުގައި ރާއްޖެ އޮތީ މުހިއްމު ދަތުރެއްގައި ކަމަށާއި، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީގެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ބެހެއްޓުމަށް ބޮޑު ރޯޑް މެޕެއް ކުރިޔައް ގެންދަން ކަމަށެވެ. އަދި މި އުންމީދަކީ ރާއްޖޭގެ ދިގުމުއްދަތުގެ މުސްތަޤްބަލަށްޓަކައި ރައީސް ޑރ. މުއިއްޒު ތަންފީޒު ކުރައްވާފައިވާ އިސްލާހުތަކެއް ކަަމަށެވެ.

އަމިއްލަ އިންވެސްޓްމަންޓަކީ އިންކްލޫސިވް އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް މުހިންމު ދައުރެއް އަދާކުރާ ފަރާތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެއްދުމަށްޓަކައި ސަރުކާރުން ފުރިހަމަ އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދޭ އާ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ހިމެނޭ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ، އަމިއްލަ ފަރާތްތައް ކުރިއަރާނެ މާހައުލެއް ކަށަވަރުކޮށްދޭއިރު މި ފޯރަމްތަކަކީ ހަމައެކަނި މަޝްވަރާއަށް ނޫން ކަމަށާއި، ރާއްޖޭގެ އިޤްތިޞާދުތަކުގެ ކޮމްޕްލިމެންޓަރީ ސްޓްރެންތްތަކަށް ގެއްލުންވާ އަދި ދިގުދެމިގެންދާ ޕާޓްނަރޝިޕް އުފެއްދުމަށް ޕްލެޓްފޯމެއް ހުށަހަޅާ ފޯރަމެއް ކަމަށެވެ.

މެލޭޝިޔާގައި މިއަދު ބޭއްވުނު އިންވެސްޓްމެންޓް ފޯރަމަކީ، މިފަދަ ގޮތަކަށް މެލޭޝިޔާގައި ބޭއްވުނނު ފުރަތަމަ ފޯރަމް އެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން، މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމްވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފަ އެވެ.

ރާއްޖެ - މެލޭޝިޔާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ