އެެސްއީޒެޑްގެ ދަށުން ތަރައްޤީކުރާ ’ޕްރޮޖެކްޓް ސޯލާ ސިޓީ‘ ގެ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ދަށުން ތަރައްޤީކުރާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ އިނީޝިއޭޓިވްގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބުނީ ’ޕްރޮޖެކްޓް ސޯލާ ސިޓީ‘ ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢު މިހާރު ވަނީ ޕްލޭނިން މަރުހަލާއިން ތަންފީޒު މަރުހަލާއަށް ބަދަލުވެފައި ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ހުއްދަ ލިބުމާ ގުޅިގެން، މަސައްކަތް ހިންގާ ރަށްތަކުގައި މިހާރު ވަނީ ތަކެތި ގެނައުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

މާލެ އަތޮޅުގެ ކަނޑުތެރޭގައި ބަހައްޓާ މި ބިޔަ ފްލޯޓިންގ ސޯލާ ޕްލެޓްފޯމުން 100 މެގަވޮޓްގެ ކަރަންޓު އުފައްދައި، ކަނޑުއަޑީގެ ކޭބަލް މެދުވެރިކޮށް ގައުމީ ގްރިޑަށް ގުޅާލެވޭނެ އެވެ. މި ބޮޑު މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަގު 187 މިލިއަން ޑޮލަރަށް އަރާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކުރަނީ އިޔާދަކުރަނިވި ހަކަތައިގެ ބައިތަކަށެވެ.

ޕްރޮޖެކްޓް ސޯލާ ސިޓީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ކެނެޑާގެ އެބްރެކްސަސް ޕަވަރ ކޯޕަރޭޝަން އާއެވެ. މި ކުންފުންޏަށް މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށް ހުއްދަ ލިބިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. މި މަޝްރޫޢުގެ ޓެކްނިކަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ސަންގްރޯ ޕަވަރ ސަޕްލައި ކޯ އެވެ. މިނިސްޓްރީން ލަފާކުރާ ގޮތުގައި މުޅި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.

”ޕްރޮޖެކްޓް ސޯލާ ސިޓީ“ އަކީ ސަރުކާރުގެ ގައުމީ ހަކަތަ ސްޓްރެޓެޖީގެ ވަރަށް މުހިންމު ބައެކެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި މުއްދަތުގެ ނިޔަލަށް ގައުމުގެ ހަކަތަ ބޭނުންކުރާ މިންވަރުގެ ތެރެއިން 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ. މި ބަދަލުގެ ސަބަބުން ގައުމަށް އަހަރަކު 42 މިލިއަން ޑޮލަރުގެ ތެލުގެ ހަރަދު ސަލާމަތް ކުރެވޭނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ