ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުން އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑު މެމްބަރުކަމުން މުހައްމަދު ޝާމީ އާދަމް ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިއްޔެ އެ ކުންފުނީގެ ބޯޑުންނާއި ޗެއާޕާސަންގެ މަގާމުން ޝާމީ ވަކިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މި މަގާމުތަކުން ޝާމީ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ޝާމީ، އާރްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
އެސްޑީއެފްސީގެ ބޯޑަށް ޝާމީ އައްޔަންކުރެވުނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަގާމުގައި ހުންނެވި ތަނުގައި އެސްޑީއެފްސީގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
