ތިލަފުށީގައި އަޅާ ކެމިކަލް ގުދަންތަކުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ: އެޗްޑީސީ

Advertisement

އެންމެ ފަސް

Advertisement

ތިލަފުށީގައި ތަރައްޤީކުރަމުންދާ ކެމިކަލް ގުދަންތަކުގެ ޢަމަލީ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މި މަޝްރޫޢުގެ ދަށުން އަޅަމުންދާ 18 ގުދަނުގެ ތެރެއިން ކޮންމެ ގުދަނެއްގައި 1,000 އަކަފޫޓުގެ ޖާގަ ހުންނާނެ އެވެ. މި ގުދަންތައް ތަރައްޤީކުރެވެމުންދަނީ ޒަމާނީ ވަސީލަތްތަކާއެކު، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭގޮތަށެވެ.

އެޗްޑީސީން ބުނި ގޮތުގައި ސަލާމަތީ ފިޔަވަޅުތަކުގެ ގޮތުން، މި ގުދަންތަކުގައި 90 މިނެޓަށް އަލިފާން ނުހިފާނެ ޚާއްސަ ޕާޓިޝަންތަކާއި ސްޓްރަކްޗަރ ބޭނުންކޮށްފައިވެ އެވެ. މީގެއިތުރުން، އަލިފާން ނިއްވުމުގެ ވަސީލަތްތަކާއި، ސީސީޓީވީ ކެމެރާ ނިޒާމު އަދި ހޮނު އެޅުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްސަ ނިޒާމުތައް ޤާއިމުކުރެވިފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.

——- އެޗްޑީސީން ތިލަފުށީގައި ހަދާ ގުދަންތަކުގެ މަސައްކަތް

މި މަޝްރޫޢު ފެށިފައިވަނީ 2019 ވަނަ އަހަރު މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. މިހާރު މާލޭގައި 120 އަށްވުރެ ގިނަ ކެމިކަލް ގުދަން ހުރިއިރު، ތިލަފުށީގައި ކުރިން ތައްޔާރުކޮށްފައިވާ 34 ކެމިކަލް ގުދަނުގެ ޚިދުމަތް މިހާރުވެސް ދެމުން ގެންދެއެވެ.

މި އައު ގުދަންތައް ތަރައްޤީކުރުމުން، މާލޭގައި ހުރި ކެމިކަލް ގުދަންތައް ރައްކާތެރި ތަނަކަށް ބަދަލުކުރެވި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ