ފަރެސްމާތޮޑާ އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ފުރާޅަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރިޔަށްދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ފޮޓޯއެއްގައި ދައްކާގޮތުން، އެއާޕޯޓުގެ ފުރާޅުގެ ފެންހޮޅިތައް ބެދޭތީ، ފުރާޅުގައި ޖަހާފައިވާ ސިންތެޓިކް މެޓީރިއަލްތައް ނެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ވެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައިވެސް ފްލައިޓްތައް ޖެއްސޭނެހެން ނެވިގޭޝަން ލައިޓްތައް ހަރުކުރެވިފައިވެ އެވެ.

އެމްޑީޕީ ސަރުކާރުގެ ދައުރުގައި ހުޅުވުނު މި އެއާޕޯޓަކީ ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް އެއާޕޯޓްގެ ފެންވަރުގެ ދަށްކަމުގެ މައްސަލަތައް ދޭތެރެދޭރެއިން އަންނަނީ ކުރިމަތިވަމުންނެވެ.

ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) ގދ. ފަރެސްމާތޮޑާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ