ޗައިނާގެ ސީއެންއެފްޕީއޭގެ ދިރާސާ ދަތުރުގައި ރާއްޖޭގެ މަސްކާރުޚާނާތަކަށް ޒިޔާރަތްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޗައިނާގެ ޗޭމްބަރ އޮފް ކޮމާސް ފޮރ ފުޑް ސްޓަފް އެންޑް ނޭޓިވް ޕްރޮޑިއުސް(ސީއެފްއެންއޭ) އިން ރާއްޖެއަށް ކުރި ދިރާސާތަކުގައި ރާއްޖޭގެ މައި މަސް ކާރުޚާނާތަކަށް ޒިޔާރަތްކޮށް، ކަމާގުޅޭ މުހިންމު މިނިސްޓްރީތަކާއި، މުއައްސަސާތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

މިމަހުގެ 14 އިން 18އިގެ ނިޔަލަށް، ސީއެފްއެންއިން ރާއްޖެއަށް ކުރި ދަތުރަކީ ރާއްޖެ-ޗައިނާއާ ދެމެދު އަމަލުކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމާއި ކަނޑުމަހުގެ އެކްސްޕޯޓް އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ކުރި ދިރާސާ ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން ވަފުދުން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިތުރުން ކަސްޓަމްސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ(އެމްއެފްޑީއޭ) އާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)ގެ މަންދޫބުންނާ ބައްދަލުކޮށް، ދެގައުމުގެ ވިޔަފާރި ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން އެ ވަފްދުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރިއެވެ. އެ ބައްދަލުވުމުގައި މިނިސްޓަރުވަނީ މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ވަފްދުގެ ދަތުރުގައި ރާއްޖޭގެ މައި މަސްކާރުޚާނާތައްކަމަށްވާ މިފްކޯ، އެންސިސް ފިޝަރީޒް، ބިގް ފިޝް ފެކްޓްރީ، އަދި މާންދޫ ޕްރޮސެސިން ފެސިލިޓީއަށް ޒިޔާރަތްކޮށް، އެތަންތަނުގެ އޮަޕަރޭޝަންތައް ތަޖުރިބާކޮށްފައިވެއެވެ. އަދި މަނިޔަފުށްޓާއި، ކ.ގުޅިއަށާއި ހުޅުމާލޭގެ ސައިޓްތަކަށް ޒިޔާރަތްކޮށް ރާއްޖޭގައި އެކުއަކަލްޗަރ މަސައްކަތްތައް ކުރިޔަށްދާގޮތްވެސް ވަފްދުން ތަޖުރިބާކޮށްފައި ވެއެވެ.

މީގެއިތުރުން އިކޮނިމިކް މިނިސްޓްރީ އިން ވިދާޅުވީ މި ތަޖުރިބާގެ އަލީގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކުގެ އެކްސްޕޯޓް ކުރިއެރުވުމަށް ހުރި ގާބިލިއްޔަތުކަން ވަފްދަށް އެނގިގެންދާނެކަމަށެވެ.

ޗައިނާ ޗެމްބަރ އޮފް ކޮމާސް ފޯ ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) އަކީ، ޗައިނާގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓަރުންނާއި އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ގައުމީ ސިނާއަތުގެ ޖަމިއްޔާއެކެވެ.

ރާއްޖެ - ޗައިނާ ކަސްޓަމްސް މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ