ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކުރަން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާ ފަރާތްތަކުގެ ނަން އާންމުކުރުމާ ގުޅޭ އުސޫލެއް މިއަދު ކަސްޓަމްސްއިން ގެޒެޓްކޮށްފި އެވެ.

މި އުސޫލު އެކުލަވާލާ ގެޒެޓްކޮށްފައިވަނީ ކަސްޓަމްސް ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުންނެވެ.

މި އުސޫލުގެ ދަށުން، ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ މަތިވާ ފަރާތްތަކުގެ ނަން އާންމުކުރެވޭނެ އެވެ. ނަމަވެސް ނަން އާންމުކުރުމުގެ ކުރިން ވަކި މަރުހަލާތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މި އުސޫލުގެ ދަށުން ފުރަތަމަ މަރުހަލާގެ ގޮތުގައި ފައިސާ ދެއްކުމަށް ލިޔުމުން އަންގަންޖެހޭނެ އެވެ. މިގޮތުން ސީދާ ލިޔުން ހަވާލުކުރުމާއި، ދީފައިވާ އެޑްރެހަށް ލިޔުން ފޮނުވުމާއި، ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިޔުން ފޮނުވުމާއި، އީމެއިލް ނުވަތަ ދާއިމީ އެޑްރެހަށް ލިޔުން ފޮނުވުން ހިމެނެ އެވެ.

އާންމުކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު، ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ނުދައްކާ ހުރި ފައިސާގެ އަދަދު އަދި ފައިސާގެ ބާވަތް ހިމެނޭނެ އެވެ. މި މައުލޫމާތުތައް ޝާއިއުކުރެވޭނީ ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ވެބްސައިޓު އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގަ އެވެ.

އުސޫލުގައިވާ ގޮތުން، ފައިސާ ދެއްކުމަށް އެންގުމަށްފަހު އަދި ބަހާލައިގެން ދެއްކުމަށް އެއްބަސްނުވާ ފަރާތްތަކަށް، ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުހުލަތެއް ދެވޭނެ އެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި، ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ ފަރާތްތައް މި އުސޫލުން އިސްތިސްނާވާނެ އެވެ.

ކަސްޓަމްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ