ކުންފުނިތަކުގެ ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސަރުކާރުން ކުންފުނިތަކުގެ ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި މާދަމާ (17 އެޕްރީލް 2025) ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން 10:30 އަށް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށެވެ.

ކަރަންޓު މެދުކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑު ހިމެނެއެވެ. ނަމަވެސް، ސްޓެލްކޯއިން ވަނީ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭން ފަށާނެ ކަމަށް ބުނެފަ އެވެ.

ސްޓެލްކޯއިން މި މަސައްކަތް ކުރަނީ އެ ކުންފުނީގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށް ބުނެފައިވެ އެވެ. އަދި މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެ އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފަ އެވެ. އަދި މި މަސައްކަތަކީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ބުނެފައިވެ އެވެ.

ހުޅުމާލެ ފޭސް 2 ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ