އާސަންދައިގެ ދަށުން ދެވޭ ޚިދުމަތްތަކުގެ ރެކޯޑު ބެލެހެއްޓުމުގައި މައްސަލަތަކެއް އެބަ ހުރި: އޮޑިޓް

Advertisement

އެންމެ ފަސް

Advertisement

އާސަންދައިގެ ދަށުން ހޮސްޕިޓަލުތަކުން ދެމުން އަންނަ ޚިދުމަތްތައް ރެކޯޑު ކޮށް ބެލެހެއްޓުމަށް ދައުލަތުގެ އެކައުންޓިންގ ނިޒާމުގެ ތެރެއިން ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު ހޮސްޕިޓަލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ، 2022 ވަނަ އަހަރު އާސަންދައިގެ ދަށުން އެ ހޮސްޕިޓަލުން ދީފައިވާ ޚިދުމަތްތަކަށް ވިނަވި ޕޯޓަލް މެދުވެރިކޮށް އާސަންދައަށް 21،896،004 ރުފިޔާގެ އިންވޮއިސް ފޮނުވާފައިވެއެވެ. ނަމަވެސް، އިންވޮއިސް ކުރުން ފިޔަވައި މި ފައިސާއާ ގުޅޭ އިތުރު އެކައުންޓިންގ އެންޓްރީތައް ފުރިހަމަކޮށްފައި ނުވާކަމަށާއި، މި ފައިސާ އަދި ހޮސްޕިޓަލަށް ލިބިފައި ނުވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިތުރަށް ފާހަގަކޮށްފައިވަނީ، މިއީ ހޮސްޕިޓަލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނަންޖެހޭ އަދަދެއް ކަމަށެވެ. އަދި އާސަންދައިގެ ދަށުން ހޯދާ ޚިދުމަތްތަކަށް ހޮސްޕިޓަލުތަކުން ކުރާ އިންވޮއިސްތަކަށް އާސަންދައިން ފައިސާ ނުދައްކާ ގޮތަށް ދައުލަތުގެ ނިޒާމުގެ ތެރެއިން ކަނޑައަޅާފައިވާނަމަ، މި ޓްރާންސެކްޝަންތައް ރެކޯޑު ކުރާނެ ގޮތެއް ކަނޑައަޅާފައި އޮންނަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ

މި މައްސަލަ ހައްލު ކުރުމަށް ޓަކައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި އާސަންދަ އާއި އެންސްޕާގެ އިތުރުން ހޮސްޕިޓަލްތަކުން މަޝްވަރާ ކުރުމަށްފަހު އާސަންދައިގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރިކޯޑު ކުރާނެ ނިޒާމެއް ކަނޑައަޅާ އެ ނިޒާމާ އެއްގޮތަށް އާސަންދައިގެ ހަރަދުތައް ރެކޯޑު ކުރުމަށް ލަފާ ދީފަ އެވެ.

އާސަންދަ އޮޑިޓާ ޖެނެރަލް މިނިސްޓްރީ އޮފް ފިނޭންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ