ފޮރިން މިނިސްޓަރ ތުރުކީއަަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅަކީ ތުރުކީގެ އަންތާލިޔާގައި ބޭއްވުނު ހަތަރުވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލް ވަނީ ގިނަ މުހިންމު ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެގޮތުން އެންގޯލާ، އަޒަރްބައިޖާން، ގެމްބިއާ އަދި ހަންގޭރީގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާ، ދެ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.

މީގެއިތުރުން، ތުރުކީގެ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން، ތުރުކީގެ މިނިސްޓަރ އޮފް ޓްރޭޑް އޮމެރް ބޮލާޓް އަދި މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޯއި އާވެސް ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ތުރުކީގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވުމެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. ތުރުކީއާއެކު ދިވެހިރާއްޖެއިން ބާއްވަމުންދާ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މި ދަތުރުފުޅުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ - ތުރުކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ