މީރާއަށް މާޗް މަހު 3.38 ބިލިއަން ރުފިޔާގެ ރެކޯޑް އާމްދަނީއެއް

Advertisement

އެންމެ ފަސް

Advertisement

މިދިޔަ މާޗް މަހު 3.38 ބިލިއަން ރުފިޔާގެ އާމްދަނީއެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 26.2 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއީ 2024 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 15.1 އިންސައްތަ އިތުރު އަދަދެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، މާޗް މަހުގެ ތިން ވަނަ ދުވަހަށް އިތުރުކޮށްފައިވުން ކަމަށް މީރާއިން ބުނެފައިވެ އެވެ.

އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން

މާޗް މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ 57 އިންސައްތަ އެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިއްސާކޮށްފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެގޮތުން 384.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ 11.4 އިންސައްތަ އެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 270 މިލިއަން ރުފިޔާ (8 އިންސައްތަ)، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 180 މިލިއަން ރުފިޔާ (5.3 އިންސައްތަ)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން ރުފިޔާ (4.8 އިންސައްތަ) އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިއަން ރުފިޔާ (4.6 އިންސައްތަ) ލިބިފައިވެ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު ލިބުނު އާމްދަނީގެ ތެރޭގައި 174.23 މިލިއަން ޑޮލަރު ހިމެނެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މީރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ