ނިމިދިޔަ ހަފްތާއަކީ ދިވެހިންނަށް އުފާވެރި ހަފްތާއެއް: މެންބަރު ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ ހަފްތާއަކީ ދިވެހިންނަށް ވަރަށް އުފާވެރި ހަފްތާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި ޝުޖާއު ވަނީ ނިމިދިޔަ ހަފްތާއަކީ ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ މުހިންމު މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސީދާ ބައިވެރިވެ ވަޑައިގެންނެވި ތާރީހީ ހަފްތާކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޝުޖާއު ވަނީ ނިމިދިޔަ ހަފްތާއަކީ އިދިކޮޅު އެމްޑީޕީއަށް ހަޖަމްކުރަން ދަތިވި ހަފްތާއެއްކަމަށްވެސް ވިދާޅުވެފަ އެވެ.

އެކަމަކު މި ހަފްތާ އެމްޑީޕީއަށް ވެގެން މިދިޔައީ ހަޖަމްކުރަން ދަތިވި ހަފްތާއަކަށް. ސަބަބަކީ އެމްޑީޕީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ބަދަލުގައި ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލި ޕާޓީ ކަމަށް ވާތީ!

ޝުޖާއު ޕޯސްޓް ނިންމާލާފައިވަނީ އެމްޑީޕީއަކީ ގައުމަށް ހެޔޮ އެދޭނެ ބައެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ސިޔާސަތުތަކުން ގައުމު ސަލާމަތް ކުރުމަށް ދުއާ ކުރަމުންނެވެ.

ނިމިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެން އެގައުމުގެ މަޝްހޫރު ފުޓުބޯޅަ ކްލަބެއްކަމަށްވާ ލިވަޕޫލާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލެއްވި އެވެ. އަދި، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވި އެވެ.

ލިވަޕޫލް އާއެކު ގާއިމުކުރި ޕާޓްނަޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފަ އެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެ އެވެ.

މީގެ އިތުރުން، ޕްރިމިއާ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، ލިވަޕޫލް އެފް.ސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތް އިނގިރޭސި ޕްރިމިއާ ލީގު އިބްރާހިމް ޝުޖާއު ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ