ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ފަށައިފި އެވެ.
ޑީއެންއާރުން ބުނީ ގދ. އަތޮޅުގައި އައިޑީ ކާޑު ހިދުމަތް ދެމުން ގެންދާނީ އެ އަތޮޅުގެ އަތޮޅު ކައުންސިލުން ކަމަށެވެ.
ގދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހުރިހާ ރަށަކަށް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ޑީއެންއާރުން ބުނެ އެވެ.
މި އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ފެށުމުން މި އަތޮޅު ވެގެން ގޮސްފައިވަނީ މި ހިދުމަތް މާލެއިން ބޭރުގައި ދޭން ފެށި 14 ވަނަ ސަރަހައްދަށެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ގއ. އަތޮޅުގެ ވިލިގިނލީގައި ވަނީ މި ހިދުމަތް ފަށައިފަ އެވެ. ގއ. އަތޮޅު ކައުންސިލުން އަންނަނީ އެ އަތޮޅުގެ ހުރިހާ ރަށަކަށްވެސް އައިޑީ ކާޑޫގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.