ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފައިވަނީ، ހޯރަފުށީ ކައުންސިލާއި ގުޅިގެން އެ ރަށުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
މިއާއެކު 23 ރަށެއްގައި މިހާރު މި ހިދުމަތް ފުޅާ ކުރެވިފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.
ޑީއެންއާރްއިން ބުނެފައިވަނީ އެ ޑިޕާޓްމެންޓްގެ އަމާޒަކީ މިއަހަރު ނިމުމުގެކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުން ކަމަށެވެ.
މީގެއިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ޤައުމުތަކުގައިވެސް މި ހިދުމަތް ފެށުމުގެ މަސައްކަތް ޑީއެންއާރްއިން އަންނަނީ ކުރަމުންނެވެ.
ހއ. ހޯރަފުށި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)