ތ. ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތްފަށައިފި

Advertisement

އެންމެ ފަސް

Advertisement

ތ. ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނެފައިވަނީ، ވޭމަންޑޫގައި މި ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. މިއީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ގާއިމުކުރި 27 ވަނަ ރަށެވެ.

ޑީއެންއާރްއިން ބުނެފައިވަނީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއި އަވަސްކަމާއެކު އައިޑީ ކާޑު ލިބިގެންދާނެ ކަމަށެވެ.

ޑީއެންއާރްއިން އަންނަނީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ މި ހިދުމަތް ދޭން ފަށާފަ އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ