ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް 10 ރަށެއްގައި މިއަދު ޢީދު ސައި ބާއްވައިފި އެވެ.
ބީއެމްއެލް އިސްލާމިކުން ބުނީ، ޢީދު ސައި ބޭއްވީ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން، ޢީދު ސައި ބޭއްވި ރަށްތަކަކީ:
- ރ. މީދޫ
- މ. މުލި
- ގއ. ގެމަނަފުށި
- ހއ. ދިއްދޫ
- އދ. މަހިބަދޫ
- ލ. ފޮނަދޫ
- ވ. ކެޔޮދޫ
- ސ. ހުޅުމީދޫ
- ނ. ފޮށްދޫ
- ދ. ބަނޑިދޫ
މި އަހަރު ޢީދު ސައި ބާއްވާފައިވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްއިން މިދިޔަ އަހަރު ވެސް ހަ ރަށެއްގައި ޢީދު ސައި ބާއްވާފައިވެ އެވެ.
