ފިތުރު އީދު ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ނިންމައިފި އެވެ.
އެޗްޑީސީއިން ބުނީ، މިރޭ 8:30 ގައި ޑްރޯން ޝޯއެއް 30 މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ. އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އީދާ ދިމާކޮށް ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް 4:00 އިން 6:00 އަށް ބާއްވަ އެވެ.
މީގެ އިތުރުން، އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ”އީދު ހަވީރު“ ގެ ނަމުގައި ބާއްވާ އެ ހަރަކާތްތައް ކުރިއަށްދާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގަ އެވެ.
އީދު ހަދިޔާ ދިނުމާއި މުނިފޫހިފިލުމުގެ ގިނަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
އީދު ފާހަގަކުރުމަށްޓަކައި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ 65 ރަށެއް އީދަށް ވަނީ ދިއްލާލައިފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފިތުރު އީދު ދުވަސް
