ޑްރޯން ޝޯއަކާއެކު ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކުލަގަދަ ގޮތެއްގައި ފިތުރު ޢީދު ފާހަގަކުރުމަށް ނިންމައިފި އެވެ.

މިގޮތުން ހުޅުމާލޭގައި ޑްރޯން ޝޯއަކާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

އެޗްޑީސީން މަޢުލޫމާތު ދިންގޮތުގައި، މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 16:00 އިން 17:45 އަށެވެ. މި ހަރަކާތްތަކުގައި ތަފާތު ކުލަތަކުގެ ބޮކިތަކާއެކު ހަނދާނުން ފޮހެނުލެވޭވަރުގެ ހަރަކާތްތަކެއް ހިމެނޭނެއެވެ. އަދި އީދު ދުވަހުގެ ރޭ ހަވާއެރުވުމާއި ޑްރޯންގެ ފަރި ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މާލޭގާލޭގައި ވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން ބުނާގޮތުގައި، ކުޑަ އީދުގެ ހަރަކާތްތައް ފެށޭނީ އީދު ދުވަހުގެ ހަވީރު 16:00 ގައި ބޮޑު މަހުގެ ކުޅިވަރުތަކުންނެވެ. މި ކުޅިވަރު ފެށޭނީ ރަސްފަންނުން ކަމަށާއި، މަޖީދީ މަގުން ގޮސް ނިމޭނީ އާޓީފިޝަލް ބީޗުގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފައިން އާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ’ޢީދު ހަވީރު 1446’ގެ ނަމުގައި ބޮޑު ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރު ބޭއްވޭނީ މާލޭ ސުލްޠާންޕާކުން ފެށިގެން، އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާން އަދި ރަސްމީ ބޮޑުފާލަން ސަރަހައްދު ހިމެނޭ ބޮޑު ސަރަހައްދެއްގައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މާލެ ސިޓީ ކައުންސިލް ފިތުރު އީދު ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ