ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން މި އަހަރު ފިތުރު ޒަކާތް ބަހަން ނިންމައިފި އެވެ.
އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް އެއްވަރަކަށް ޒަކާތް ބަހަން ނިންމީ އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ކަމަށެވެ.
މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. ޒަކާތް ބެހުމުގެ ނިޒާމަށް އަލަށް ގެނައި ބަދަލުން، މި އަހަރު ކޮންމެ މީހަކަށް ވެސް ލިބޭނީ 4،500ރ. އެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ބަދަލުތައް ގެނައުމުން މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލާ ކަމަށެވެ. ފިތުރުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފިތުރުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
