ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ) މިސްކިތުގެ ބިއްލޫރިގަނޑުތައް ތަޅާލައި މިސްކިތަށް ގެއްލުން ދިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތައިބާ މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ، މިއަދު ހެދުނު 7:00 ހާއިރު އެވެ.
މި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24އ. ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫ ގެ މިސްކިތެއްގައި ހުރި ބައެއް ތަކެއްޗަށްށާއި މިސްކިތަށް ގެއްލުން ދީފައިވެ އެވެ. މި މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދިވެހި ފުލުހުންގެ ޚިދުމަތް
