ރައީސް ނޫސްވެރިއަކަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)އިން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، 14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 އެހައިކަށްހައިއިރު، ރައީސް މުއއްޒު، ނޫސްވެރިޔާ ފިޔާޒުއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ފުލުހަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހު 23 މާރިޗު 2025 ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލާގައި ހޯދާފައިވާ ހެކި ޤަރީނާ ޕީޖީ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސް މުއިއްޒު، ނޫސްވެރިޔާ ފިޔާޒުއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އެހެންކަމުން މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

އިންޒާރުދިނުމުގެ ކުށް ޤާނޫނުގައި ބަޔާންކޮށްފައިވާގޮތާއި ގުޅޭ އިތުރު ތަފްސީލުތައްވެސް ޕީޖީ އޮފީހުން ވަނީ ހިއްސާކޮށްފަ އެވެ. 

އެގޮތުން ’ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު’ގައި އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމަ އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމަ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ’ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު’ގައި އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމަކަމަށް ބަޔާން ކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ”ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް“ ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ، ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށްނުވާ ކަމަށެވެ. އެހެންކަމުން މިއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ނިންމާ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ