ފަސޭހަކަމާއިއެކު ފިތުރު ޒަކާތް ދެއްކުމަށް އުރީދޫ އެމް-ފައިސާ

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި ފަރާތްތަކަށްވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް، ކަސްޓަމަރުން ore.do/zakat މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވުމަށްފަހު، ޒަކާތުގެ ބާވަތާއި އަދަދު އިޚްތިޔާރުކޮށް، ބޭނުންވާ ތަފްސީލުތައް ފުރިހަމަކުރަންޖެހެއެވެ. އަދި ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިޚްތިޔާރުކޮށް، ވޮލެޓް ނަންބަރު ޖެހުމަށްފަހު އޯޓީޕީ ވެރިފައި ކުރަންޖެހެ އެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ޑިޖިޓަލް މޯލްޑިވްސްގެ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ޒަރޫރީ މާލީ ޚިދުމަތްތައް އެންމެންނަށްވެސް ލިބެން ހުންނާނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެފައެވެ.

އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމް-ފައިސާއަކީ ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވެފައި، މަނީ ޓްރާންސްފަރ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަން ފަދަ ގިނަ މާލީ ޚިދުމަތްތަކެއް މި ވޮލެޓް މެދުވެރިކޮށް ފޯރުކޮށްދެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ore.do/zakat އަށް ޒިޔާރަތްކުރުމަށް ނުވަތަ އެމް-ފައިސާ އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އުރީދޫ ފިތުރު ޒަކާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ