ނަރީޝް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެޑްވައިޒަރެއްގެ މަގާމަށް ނަރީޝް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ.

އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އިސްތިއުފާގެ ސިޓީއާއެކު ނަރީޝް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ޖޫން 21، 2021 ގަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާލޭ ސިޓީ ކައުންސިލްގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު މުހައްމަދު އަރީޝް މިއަދު ވަނީ އިންތިހާބުކޮށްފަ އެވެ.

ހީނާ ވަލީދު އަހުމަދު ނަރީޝް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ