ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރަން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރަން މިނިސްޓަރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން އެދިއްޖެ އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް އެކުދިންގެ ޒާތީ މައުލޫމާތު އާންމު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ބައެއް ފަހަރު ކުށުގެ ތުހުމަތުވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިން އަދި އެނޫންވެސް ކުދިންނާ ގުޅޭ މައުލޫމާތު ސީދާގޮތުންނާއި ނުސީދާ ގޮތުން ނަމަވެސް ސޯޝަލްމީޑިއާ އަދި އެނޫންވެސް ވަސީލަތްތަކުގައި ޝާއިއުކުރެވޭ ކަމަށާއި އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ތަނެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނެފައިވަނީ ބައެއް ފަހަރު ސޯޝަލްމީޑިއާގައި އާންމު ކުރެވޭ މައުލޫމާތުތަކުން އެ ކުދިންނަކީ ކޮން ބައެއްކަން އެ ކުދިންނަކީ ކޮން ބައެއްކަން އެނގި އެކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ކަމަށެވެ. އެހެންކަމުން ކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ އެއްވެސް ކަމެއްވިޔަނުދިނުމަށް ކުދިންގެ ފޮޓޯ އަދި ވީޑިއޯ ދައުރު ނުކުރުމަށް އެދިފައިވެ އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ