ކަލާފާނު ޒިޔާރަތް އާބާރުތަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެގޮތުން މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިނގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިރޭ މިފާހަގަ ކުރަނީ ދެ ކަމެއް ކަމަށާއި އެއީ ހަންޏާމީދޫގައި ހުރި ކަލާފާނުގެ ޒިޔާރަތް މަރާމާތު ކުރުމާއި ތަރައްޤީ ކުރުން ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ޒިޔާރަތް މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒިޔާރަތް އެރުވުމަކީ ދިވެހި ސަގާފަތުގައި ކޮށްއުޅުނު ކަމެކެވެ. ޒިޔާރަތް އަރުވާ އުޅެނީ ރަސްރަސްކަލުންނަށާއި މާތް ވަލީވެރި ދަރަޖައިގެ ބޭކަލުންނަށެވެ. ހަމައެކަނި ޝަހީދަކަށްވެގެން ނޫނީ ބަޠަލަކަށްވެގެން އަދި ޒިޔާރަތެއް ނޭރުވެއެވެ. މި ޒިޔާރަތް ނިސްބަތްވާ ކަލާފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަޠަލު، މުހައްމަދު ބޮޑު ތަކުރުފާނުގެ ދަރިކަލުންނެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތް ކުރުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތެކެވެ. ކަލާފާނަށް ޒިޔާރަތް އެރުވުނީ އެއީ ދިވެހި ރަސްކަމުގައި އިންނެވި ފަރާތަކަށްވުމުގެ އިތުރުން އެއީ ޝަހީދުކުރެވުނު ފަރާތަކަށްވެސް ވީތީއެވެ. ވީމާ ރަސްކަލެއްގެ އިއްޒަތާއެކު ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންނެވި ފަރާތަކަށްވީތީ ޒިޔާރަތަށް އެރުވުނީއެވެ.

 

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ