އެލާޖަން މައުލޫމާތު ނެތުމުން ސޯސް ފުޅިއެއް ވިއްކުން މަނާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެލާޖަން މައުލޫމާތު ހިމަނާފައި ނެތުމުގެ ސަބަބުން މާސްޓާ ފުޑްގެ ސޯސް ފުޅިއެއް ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އޮސްޓްރޭލިއާގެ މާސް އޮސްޓްރޭލިއާ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ’މާސްޓާ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް‘ ގެ ލޭބަލްގައި އެލާޖަންގެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށެވެ.

މި ސޯސްއަކީ ރާއްޖެ އެތެރެކޮށްފައިވާ އުފެއްދުމެއް ނަމަވެސް، އެލާޖަންގެ މައުލޫމާތު ހިމަނާފައި ނެތުމަކީ އެ އުފެއްދުން ބޭނުންކުރާ ފަރާތްތަކަށް ސިއްހީ ގޮތުން ނުރައްކާތެރި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެލާޖަން މައުލޫމާތު ނުހިމެނޭ މި ސޯސް ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ. އަދި މިހާރު ވިއްކަން ހުރި ސްޓޮކް ވެސް ނައްތާލުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

ކާބޯތަކެތީގެ އުފެއްދުންތަކުގައި އެލާޖަންގެ މައުލޫމާތު ހިމެނުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ގަވާއިދުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ