ރަޝިޔާއަށް އަބްދުއްރަހީމް، މޮރޮކޯއަށް ސަރީރް އައްޔަންކުރަން ރުހުންދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަޝިއަން ފެޑަރޭޝަން އަދި ކިންގްޑަމް އޮފް މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ދެ ނަންފުޅަށް މިއަދު ރައްޔިތުންގެ މަޖިލީހުން އިއްތިފާގުން ރުހުން ދީފި އެވެ.

ރަޝިއާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވީ މިހާރު ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފެވެ. އަދި މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރެވެ.

އަބްދުއްރަހީމް އަބްދުއްލަތީފްގެ ނަންފުޅަށް ނެގުނު ވޯޓުގައި 65 މެންބަރުން ވަނީ ރުހުން ދެއްވާފައެވެ. އަދި އަހުމަދު ސަރީރުގެ ނަންފުޅަށް 64 މެންބަރުން ވަނީ ރުހުން ދެއްވާފައެވެ. ދެ ނަންފުޅަށްވެސް އެއްވެސް މެންބަރަކު ދެކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

އަބްދުއްރަހީމް އަބްދުއްލަތީފަކީ 39 އަހަރުގެ ދިގު މުއްދަތަކަށް ސިފައިންގެ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.

އަހުމަދު ސަރީރަކީ ފޮރިން އެފެއާޒް އެންޑް ޓްރޭޑް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިފަހުން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި މިސްރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށްވެސް މަޖިލީހުން ވަނީ ރުހުން ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - ރަޝިޔާ ރާއްޖެ - މޮރޮކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ