ޕަމްޕުތައް ގެނައީ ރައީސް ވިދާޅުވެގެން އާރުޑީސީ މެދުވެރިކޮށް: ނަރީޝް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ފެންހިންދުމަށް ދެ ޕަމްޕް ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ. މި ޕަމްޕުތައް ގެނެސްފައިވަނީ ކައުންސިލްގެ ބޯޑުން ފާސްކޮށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށެވެ.

ފެންހިންދުމަށް ޕަމްޕުތައް ގެނައި ފަރާތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދި، މިކަން ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. މިކަމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވެފައިވަނީ، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން މިކަން ފާސްކުރީ ރައީސްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

”ރައީސް މިގޮތަށް އެދިވަޑައިގަތީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެމަނިކުފާނު ދެއްވާ އިސްކަމުގެ ސަބަބުން،“ ނަރީޝް ވިދާޅުވި އެވެ.

ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސިޓީ ކައުންސިލުން ކުރާ ކޮންމެ ހަރަދެއްވެސް ކުރެވޭނީ ކައުންސިލްގެ ބޯޑުން ފާސްކޮށްގެންނެވެ. އަދި މި ބޯޑުގެ ސުޕަ މެޖޯރިޓީއަކީ ކޮންގްރެސް ޕާޓީގެ ކައުންސިލަރުންނެވެ.

މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މި ދެ ޕަމްޕް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުގައެވެ. މިކަން މިދިޔަ ހުކުރު ދުވަހު ވަނީ ޑިފެންސް މިނިސްޓްރީއަށް ސިޓީއަކުން އަންގާފަ އެވެ.

އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ