ހަތަރު ފުރޮޅުލީ ވެހިކަލް ޕާކިންގތައް ބާތިލްކޮށް، އެތަންތަނުގައި ޕާކު ކުރެވޭ ގޮތް ހަދައިފި

Advertisement

އެންމެ ފަސް

Advertisement

މާލޭގެ މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާކް ކުރެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައިވާ ލަފައެއްގެ މައްޗަށް ބިނާކޮށެވެ. މި ލަފާ މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާކަން ކައުންސިލުން މިއަދު ނެރުނު އެންގުމުގައި ފާހަގަކޮށްފައިވެ އެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި އާންމު ރައްޔިތުންނަށް ޕާކުކުރެވޭނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ، މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ހުރިހާ ޕާކިންތަކެއް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ނިންމުމުން އެކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކައުންސިލުން އަމިއްލަ ފަރުދުންނަށާއި ޓެކްސީތަކަށް ކުއްޔަށް ދޫކޮށްފައިވާ ޕާކިންގެ އަދަދު 1,000 އަށް އަރާކަމަށް މޭޔަރު އޭރު ފާހަގަކުރެއްވި އެވެ.

މިހާތަނަށް ޕްރައިވެޓް ކާރުތަކަށް ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަމުން ގޮސްފައިވަނީ މަހަކު 1,500 ރުފިޔާއަށެވެ. އަދި ޓެކްސީތަކަށް ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 700 ރުފިޔާއަށެވެ.

ބަންޑާރަ ނައިބުގެ އޮފިސް އެޓާނީ ޖެނެރަލްސް އޮފީސް މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ