މާލޭގެ ވަށައިގެން ލާފައި އޮތް ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ފަށާފައިވަނީ އެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީ އަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި މި މަސައްކަތަކީ އެ ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލް މޭޔަރު ވިދާޅުވީ މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވެފައި ގިނަ ޔަކު ޒިޔާރަތްކުރާ ތަނަކަށް ވާތީ މާލެ ރީތިކޮށް ބޭވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި  މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އެ ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތް ނިމިގެންދާއިރު އެ މަގުގެ ބައެއް ފާރު ތަކާއި، ވަށައިގެން ލާފައިވާ ތޮށިގަނޑުގެ ބައެއް ހިސާބުތަކުގައި އާއްމު ޢިޖުތިމާޢީ މިންގަޑުތަކާ ޚިލާފު ކުރެހުންތަކާއި، ގްރެފިޓީތައް ނެތިގެންދާނެއެވެ. އަދި މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ