މިނިސްޓަރު އިހުސާންގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިނިސްޓަރުއިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 11 މެންބަރުން ސޮއިކޮށެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު އިހުސާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ޖަވާބުދާރީވެފަ އެވެ.

މި މައްސަލައިގައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެެއްވީ 12 މެންބަރުންނެވެ. އަދި މިނިސްޓަރު އިހުސާނުގެ އިތުބާރު އޮތްކަމަށް 64 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީންގެ ކަންކަން ބަލަހައްޓަން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމުގެ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ.

މީގެއިތުރުން ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅާކަމަށް ބުނެފައިވެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަނީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން، ޕީއެންސީއަށް މީހުން ވައްދާފައިވާކަމަށް ތުހުމަތުކުރާ މައްސަލަވެސް ހިމަނާފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ