އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ގަމުގައި ނާސަރީއެއް ހަދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލ. ގަމުގައި ނާސަރީއެއް ތަރައްގީ ކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ އެއްލައްކަ އަކަފޫޓުގެ ބިމެއް އެ ރަށުން ހަމަޖައްސައިފި އެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ގަމު ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މި ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ނާސަރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި އެޗްޑީސީން ބައިވެރިވުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމުކުރެވޭ ނާސަރީއެކެވެ.

އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ނާސަރީގައި ހައްދާ ގަސްތައް ބޭނުންކުރާނީ ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި ގަސް އިންދުމަށެވެ. އެޗްޑީސީން އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކޮށްފައިވަނީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ ސަބަބުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަސް މިލިއަން ގަސް އިންދުން ލ.ގަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ