ރައީސްގެ ގިނަ ވައުދުތަކެއް ބަނޑިދޫއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދ. ބަނޑިދޫގެ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމާއި ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފި އެވެ.

މިކަން އެމަނިކުފާނު އިޢުލާން ކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ބަނޑިދޫގައި މިވަގުތު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖަޢާކުރުމަށް ކައުންސިލާ ވަނީ ހަވާލުކުރައްވައިފަ އެވެ. މީގެ ތެރޭގައި ފައިބަރު މަސައްކަތާއި ކުނިކޮށި ފަދަ ތަންތަން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

”މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށް، ޖާގަ އިތުރުކުރުމުގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ފަށާނަން. މިއީ ދުރު ރާސްތާއަށް ބަލާއިރުވެސް ރަށަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން ބަނޑިދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާނެ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލާއި ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް އިޢުލާން ކުރެއްވި އެވެ. މީގެ އިތުރުން، ކުރިން ފެށުމަށްފަހު ހުއްޓިފައިވާ ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް އަންނަ މަހު ތެރޭގައި އަލުން ފެށޭނެ އެވެ.

ރައީސް މުޢިއްޒު ވަނީ މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ބަނޑިދޫ ރައްޔިތުންނަށް ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަމަޟާން 1446 ދ. ބަނޑިދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ