ރިޔާސީ ބަޔާނުން އެމްޑީޕީއަށް ފެނުނީ އޮޅުވާލުން

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން މިއަދުގެ ޖަލްސާގައި ޖަވާބު ދީފި އެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާފައިވަނީ އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. މަޖިލީހުގެ ގަވައިދުގައިވަނީ ރައީސުލްޖުމްހޫރިޔާ ރިޔާސީ ބަޔާން އިއްވެވުމުން، ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި، ރައްޔިތުން މަޖިލިހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީން ރިޔާސީ ބަޔާނަށް ޖަވާބު ދޭންޖެހޭ ކަމަށެވެ. ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީ ފިޔަވާ މިވަގުތު އެންމެ މެންބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ.

ނާޒިލް ވިދާޅުވީ ރިޔާސީ ބަޔާނުން ފެނިގެން ދިޔައީ އޮޅުވާލުން ކަމަށާއި ރިޔާސީ ބަޔާނުގައި ރައްޔިތުންނަށާއި މަޖިލީހަށްވެސް އޮޅުވާލާފައިވާ ކަމަށެވެ. އަދި ގައުމުގެ އަދުގެ ހާލަތު ރިޔާސީ ބަޔާނުން އެނގިފައި ނުވާކަމަށް ނާޒިލް ވިދާޅުވި އެވެ.

ގައުމުގެ އަދުގެ ހާލަތާ މި ރިޔާސީ ބަޔާނާ އެއްވެސް ގުޅުމެއް ނެތް. މި ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްކޮށްފި. އިގްތިސޯދީ އަދި މާލީ ކަންކަން ހާމަ ކުރާނޭ ނުވަތަ ހިންގާނޭ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ބަޔާނަކު ނުދޭ. އެއާ ހިލާފަށް މިއަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިއްވުނު އެންމެ އޮޅުވާލުން ގިނަ ރިޔާސީ ބަޔާން.

ނާޒިލް ވަނީ އެމްޑީޕީން ވެރިކަމުން ފޭބި އިރު އިގްތިސޯދު އޮތީ ރަނގަޅަށް ކަމަށާއި ފަތުރުވެރިކަން އޮތީ ރަނގަޅަށްކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ އެމްޑީޕީން ވެރިކަމުން ފޭބި އިރު ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމެވެ. އަދި އެމްޑީޕީން ވެރިކަމުން ފޭބި ފަހުން ފަތުރުވެރިކަންވެސް ދެ އަހަރު ތެރޭ ކުރިއަރަގެން ވަނީ ގޮސްފަ އެވެ.

މީގެ އިތުރުން މިހާރު ޑޮލަރުގެ އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށް ނާޒިލް ވިދާޅުވެފައިވާ އިރު ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިން އެއްވެސް ވެރިކަމެއްގައި ނުކުރާ ވަރަށް މިސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި އިންސައްތައެއް ނުވަތަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ވަކި ވަރަކަށް އެމްއެމްއޭއަށް ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ސަބަބުން މިއަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް ބޭންކް ރޭޓުގައި ޑޮލަރު ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ބުނެ އެވެ. އަދި ބޭންކް ކާޑުތަކަށް ދީފައިވާ ޑޮލަރު ލިމިޓުވެސް ބޮޑު ކުރެވޭކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިސް އެމްޑީޕީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ