ގއ. ކޮލަމާފުށީގައި ރަމަޟާން މަހު ގިނަ ދީނީ ޙަރަކާތްތަކެއް

Advertisement

އެންމެ ފަސް

Advertisement

ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ގއ. ކޮލަމާފުށީގައި ގިނަ ދީނީ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް އެރަށު ކައުންސިލުގެ ރައީސް އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހު އެންމެ އިސްކަމެއް ދެއްވާފައިވަނީ ތަރާވީހު ނަމާދު ކުރެއްވުމަށް ހާފިޒަކު ހޯއްދެވުމަށެވެ. އަދި މިކަމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

”ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ކޮންމެ ހަފްތާއަކު އެއް ދުވަހު ދީނީ ދަރުސް ދެވޭނެ. އަދި ފަހު 10 ދުވަހުގައި ދެ ދުވަހުން އެއް ދުވަހު ދަރުސް ދެވޭގޮތަށް ވާނީ ހަމަޖެހިފައި،“ ކައުންސިލް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަމަޟާން މަހުގައި ގުރުއާން މުބާރާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެއްވަނަ ޖާއިޒާގެ ގޮތުގައި ފައިސާގެ އިނާމަކާއި އިތުރު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލް ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ގުރުއާން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަށް ރަނގަޅު އިނާމުތަކެއް ހުށަހެޅޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރަމަޟާން 1446 ގއ. ކޮލަމާފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ