ލޯންޗެއް ބަލައި ފާސްކޮށް، ކޮލަމާފުށިން ހަތަރު މީހަކު ހައްޔަރަށް

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތި ގއ. ކޮލަމާފުއްޓަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި، ލޯންޗެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތާ ގުޅިގެން ލޯންޗު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބައެއް ތަކެތި ފެނުނެވެ. އެއާއެކު، ލޯންޗުން ދަތުރުކުރި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުންގެ ހައްޔަރުކޮށްފައިިވަނީ:

1. ހަސަން ރައްޔާން ރާޝިދު (26އ) ކަައުސަރު/ ގދ.ކޮލަމާފުށި
2. އިސްމާއިލް ހައިޒަމް ހަބީބް (22އ) ސޯސަންގެ/ ގދ.ކޮލަމާފުށި
3. އަލީ ޖަނާހު ޖައުފަރު (25އ) ޝަބްނަމްގެ/ ގދ. ކޮލަމާފުށި
4. އިބްރާހިމް އަޒާން މުހައްމަދު( 19އ) ލީނާ މަންޒިލް/ ގއ. ކޮލަމާފުށި

ފުލުހުން ބުނެފައިވާ ގޮތުން، ލޯންޗު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެ އެވެ. އަދި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިން ޕެކެޓު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ޖުމްލަ ބަރުދަނުގައި 44.83 ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާއިލް ހައިޒަމް ހަބީބްގެ ބަންދަށް 12 ދުވަސް ވަނީ ޖަހާފަ އެވެ. އަދި އެހެން ތިން މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގއ. ކޮލަމާފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ