ރޯދައަށް އޮޮމަދޫ މިސްކިތް ބޮޑުކަރީ

Advertisement

އެންމެ ފަސް

Advertisement

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އދ. އޮމަދޫގެ މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ފަށައިފިކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ހާމަކުރައްވައިފި އެވެ.

މިކަމާ ގުޅޭގޮތުން ”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން އާދިލް ވިދާޅުވީ، މިސްކިތުގައި އަންހެނުން ތަރާވީޙް ނަމާދު ކުރާ ސަރަޙައްދު ކުޑަވުމާ ގުޅިގެން މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން މިސްކިތުގެ އާބާތުރަ ފިލުވުމާއި ޒީނަތްތެރި ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރަށް ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް ފެށިއްޖެ

ރަމަޟާން މަހަކީ ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭ މަހަކަށްވާތީ، ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ އަތިރިމަތީގައި ރައްޔިތުންނަށް އިށީނދެ އަރާމުކުރެވޭނެ ގޮތަށް ބެންޗު ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ހާމަކުރެއްވި އެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްރަށުން މިފަދަ މަސައްކަތްތައް ކުރަމުންދާއިރު، އޮމަދޫގައިވެސް މި މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ފުރިހަމައަށެވެ.

ރަމަޟާން 1446 އދ. އޮމަދޫ އދ. އޮމަދޫ ކައުންސިލު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ